ތ. ތިމަރަފުށީ ގެއަކުން ފައިސާތަކަކާއި ބައެއް ތަކެތި ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 07:40 ހާއިރު ތ. ތިމަރަފުށީ ގެއަކުން ވައްކަންކޮށްގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ.
"މި މައްސަލައިގާ ދިވެހި 2900 ރުފިޔާ އާއި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ އާއި ސްމާޓްފޯނެއް ވަގަށް ނަގާފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުނުތާ ގަޑިއެއްގެ އިރުތެރޭގައި ފުލުހުން ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ވަގަށްނަގާފައިވާ ފައިސާތައް ހޯދާފައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް