ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލަ ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފި އެވެ. ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ބުނެ ޔާމީނ...

24 Dec 2018 | 09:52

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލަ ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފި އެވެ.

ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ބުނެ ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ ތަހުގީގު ބޭނުމަށްޓަކައި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި ޔާމީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ ގާނީނި ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ އެކައުންޓުތައް ފްރީޒް ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގައި ގާނޫނީ މައްސަލަތަކެއް ހުރުމާ އެކު އިސްތިއުނާފްކުރަން ހުށަހެޅީ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް