ހުރިހާ ސްކޫލަކަށް ނާސްތާ ދޭން ފަށާ މުއްދަތު އަވަސްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްެރޮގްރާމް، ހުރިހާ ސްކޫލެއްގައި ފެށޭނެ ކަމަށް ކަނޑައެި މުއްދަތު އަވަސް ކޮށްފި...

24 Dec 2018 | 09:33

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްެރޮގްރާމް، ހުރިހާ ސްކޫލެއްގައި ފެށޭނެ ކަމަށް ކަނޑައެި މުއްދަތު އަވަސް ކޮށްފި އެވެ.

އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ޕައިލެޓްކޮށް އެކަން ކުރުމަށް އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުމާއި އެކު ރާއްޖޭގެ 25 ސްކޫލެއްގައި ހެނދުނު ނާސްތާ ދިނުމަށް ވަނީ ނިންމާ އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި އެވެ. އެކަން އިއުލާނު ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި އެ ޕްރޮގްރާމް ފުޅާ ކުރަމުން ގޮސް މި ފަސް އަހަރު ތެރޭގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާނެ ކަމަށެވެ.

އެކަމަކު އާންމުންނާއި ބެލެނިވެރިންގެ ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި އަންނަ އަހަރުގެ ދެ ވަނަ ސެމިސްޓާގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އާ ދިރާސީ އަހަރާއި އެކު ހުރިހާ ސްކޫލެއްގައި ނުފަށަނީ އެކަމުން ނުކުންނަ ނަތީޖާތައް ދެނެގަތުމަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޕްއިލެޓް ޕްރޮގްރާމްގައި ނާސްތާ ކުދިންނަށް ފޯރުކޮށްދިނުމުގައި ކުރިމަތިލާން ޖެހޭ ހުރަސްތަކާއި ހުރި މައްސަލަތަކުގެ އިތުރުން ކުދިންނަށް ދެވޭ ނާސްތާގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލު ދެނެގަންނާނެ ކަމަށެެވެ. ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް ޔުނިސެފްގެ އެހީގައި 10 މެނޫއެއް ތައްޔާރުކޮށްފައިވާއިރު އޭގެ ތެރެއިން ދުވާލަކު ތިން މެނޫގައި ހިމެނޭ ކާއެއްޗެހި ކުދިންނަށް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ޕައިލެޓް ޕްރޮގްރާމްގައި ހެނދުނުގެ ނާސްތާ ދޭންނިންމާފައިވަނީ މާލޭގެ ފަސް ސްކޫލަކާއި އަތޮޅު ތެރޭގެ 20 ސްކޫލަކަށެވެ. އެއީ ކޮންމެ އަތޮޅަކުން ސްކޫލެކެވެ. މި ޕްރޮގްރާމްގައި ހެނދުނުގެ ނާސްތާދޭނީ ހެނދުނު ދަންފަޅިގައި ކިޔަވާ ދަރިވަރުންނަށެވެ.

ރާއްޖޭގެ 212 ސްކޫލެއްގައި ހަތްދިހަ ހާހަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލް ކުރަމުންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް