އިންޒާރަކާނުލާ އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 222 އަށް

ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 222 އަށް އަރާފައިވާކަމުގައި އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ. ބިންގަނޑު ކަނޑައިގެން ގޮސް އަލިފާން ފަރުބަދައެއ...

24 Dec 2018 | 02:19

ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިޔާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 222 އަށް އަރާފައިވާކަމުގައި އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

ބިންގަނޑު ކަނޑައިގެން ގޮސް އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އެރި މި ސުނާމީގެ އަސަރު ކޮށްފައިވަނީ އިންޑޮނޭޝިޔާގެ ޖާވާ އަށާއި ސުމަތުރާ އަށެވެ.

މި ސުނާމީއާއި ގުޅިގެން ލިބުނު ގެއްލުމުގެ މައުލޫމާތު ދެމުން އެ ގައުމުގެ ޑިޒާސްޓަރ އެޖެންސީން ރޭގައި ބުނެފައިވަނީ މަރުވެފައިވާ މީހުންގެ އަދަދު 222 އަށް އަރާފައިވާއިރު ޒަހަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 800 އަށްވުރެ މަތީގައި ކަމަށެވެ. އަދި 28 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޒާރަކާނުލާ އެރި މި ސުނާމީގައި އިންޑޮނޭޝިޔާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު 2004 ވަނަ އަހަރު އެރި ސުނާމީގައި ދުނިޔޭގެ 14 ގައުމަކުން ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެ ދެލައްކައިގެ ތެރެއިން އެއް ލައްކަ ވިހިހާހަށްވުރެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިޔާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް