ސިނގިރޭޓުގައި ހަކުރު އެކުލެވޭކަން ނުވަތަ ސިނގިރޭޓު އުފައްދާއިރު އެއަށް ހަކުރު އަޅާކަން، ސިނގިރޭޓު ބޯ މީހުންގެ ތެރެއިން އެނގެނީ ވަރަށް މަދު ބަޔަކަށް ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
ޖާނަލް ނިކޮޓިން އެންޑް ޓޮބޭކޯ ރިސާޗްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައިވާގޮތުގައި ސިނގިރޭޓަށް ހަކުރު އެއްކުރަނީ ތާރު ވިރި ނިކުންނަ ދުމުން ހިތި ރަހަ ކެނޑުވުމަށެވެ. އަދި ހަކުރު ހިމެނުމުން ލިބޭ ނުރައްކާ އިތުރުވާކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާކުރި ޓީމުން ބުނެފައިވާގޮތުގައި މި ދިރާސާގައި 4350 މީހަކު ބައިވެރިވެފައިވާއިރު ސިނގިރޭޓުގައި ހަކުރު އެކުލެވޭކަން އެނގެނީ އޭގެތެރެއިން އެންމެ ފަސް އިންސައްތަ މީހުންނަށެވެ. އަދި ސިނގިރޭޓަށް ހަކުރު އަޅާފައި ހުރުމުން ގެއްލުން ބޮޑުވާކަން އެނގެނީ އޭގެތެރެއިން 3.8 އިންސައްތަ މީހުންނަށް ކަމުގައިވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާ ކުރި ޓީމުން ބުނެފައިވާގޮތުގައި ސިނގިރޭޓުގައި ހަކުރު ހިމަނާފައިވަނީ ކީއްވެކަމާއި އަދި ހަކުރު ސިނގިރޭޓުގައި ހިމެނުމުން ލިބޭ ގެއްލުމުގެ ބޮޑުކަން ކިޔާދީގެން، ސިނގިރޭޓު ބޯ މީހުން އެ އާދައިން ދުރުކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް