ޖުވާ ކުޅުމާއި ހަށިވިއްކުމުގައި އުޅުނު 32 މީހަކު ސިންގަޕޫރުން ހައްޔަރު ކޮށްފި

ސިންގަޕޫރުގައި އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ޖުވާ ކުޅުމާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 32 މީހަކު ހައްޔަރު ކޮށްފި އެވެ. ސިންގަޕޫރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި...

24 Dec 2017 | 12:58

ސިންގަޕޫރުގައި އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ޖުވާ ކުޅުމާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 32 މީހަކު ހައްޔަރު ކޮށްފި އެވެ.

ސިންގަޕޫރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މި 32 މީހުންގެ ތެރެއިން 23 މީހުންނަކީ އަންހެނުންނެވެ. ނުވަ މީހުންނަކީ ފިރިހެނުންނެވެ. އަދި 23 އަންހެނުންގެ ތެރެއިން 18 އަންހެނަކު ހައްޔަރުކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއިން ކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.

ސިންގަޕޫރު ގާނޫނު ބުނާގޮތުން ހަށިވިއްކުމުގައި އުޅޭ މީހެއް ނަމަ އެމީހަކު އެކަން ކުރިކަން ސާބިތު ވެއްޖެ ނަމަ 10 ހާސް ޑޮލަރުން ޖޫރިމަނާ ކުރެ އެވެ. އަދި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް