ފްލައިޓެއް ހައިޖެކް ކުރަން އުޅުނު މެލޭޝިޔާ ރައްޔިތަކު ޕާކިސްތާނުން ހައްޔަރު ކޮށްފި

ލަގެޖުގައި ހަތިޔާރު ރައްކާކޮށްގެން ފްލައިޓެއް ހައިޖެކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިޔާ ރައްޔިތަކު ޕާކިސްތާނު އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ އަކީ...

24 Dec 2017 | 12:42

ލަގެޖުގައި ހަތިޔާރު ރައްކާކޮށްގެން ފްލައިޓެއް ހައިޖެކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިޔާ ރައްޔިތަކު ޕާކިސްތާނު އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ އަކީ އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމުގައި ބެލެވެ އެވެ. ނަމަކީ އަލް މުހްދު އަލްފީ ކީރިއަލް އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ޖިންނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، މެލޭޝިޔާއަށް ދަތުރުކުރަން އޮތް ތައި އެއާވޭސްގެ ޓީޖީ 342 ނަމްބަރު ފްލައިޓަށް އެރުމަށް ޗެކިން ވި ވަގުތު ލަގެޖުގައި ހަތިޔާރު ހުރިކަމަށް ޝައްކުވާތީ އިތުރަށް ބަލައި ފާސްކޮށް ކަމުގައިވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އޭނާގެ ލަގެޖުގެ ތެރޭގައި، ރޫޅާލައި ރައްކާކޮށްފައިވާ ހަތަރު ފިސްތޯލާއި އަށް މެގަޒިން އާއި 70 ވަޒަން ވަނީ ފެނިފައެވެ. އެތަކެތި އޭނާ ރައްކާ ކޮށްފައިހުރީ އޭނާގެ ލަގެޖުގައްޔާއި ބޫޓުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް