މޫސުން ގޯސްވެދާނެ ކަމުގައި ލަފާކުރެވޭތީ ކ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން 03:45ގައި ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ފަތިހު 04:15 އާއި ހެނދުނު 09:15 އާއި ދެމެދުގެ ވަގުތުތަކުގައި ކ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
އަދި ހަމަ މި ވަގުތުތަކުގައި މި ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް