ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އުވާނުލުމަށާއި އެމަގާމުގައި ތިބި މީހުން ވަޒީފާއިން ވަކި ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން އެކަން އިއުލާނު ކުރެއްވީ މިނިސްޓްރީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު އައިމިނަތު ޝިހާމެވެ.
މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ތައުލީމު ހާސިލްކޮށްގެން ތިބި ބޭފުޅުން މަގާމުގައި ބޭތިއްބުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށާއި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިތުރަށް ގާބިލުކަން ބޭނުންވާ ފަރާތްތަކަށް "ސިސްޓަމް"ގެ ތެރެއިން އެ ކަންތައް ކޮށްދޭނެ ކަމަށެވެ.
އަދި ގާބިލުކަން ބޭނުންވާ ފަރާތްތަކަށް އެކަން ކޮށްދޭއިރު ގާބިލުކަން ހުރި ބޭފުޅުންނަށް އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީން ކުރިން ބުނެފައިވަނީ ޑެޕިއުޓީ ޕްރިންސިޕަލުން މަގާމުން ވަކި ކުރެއްވުމަށް ބުނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ދެމެދުގައި އޮތް "ފަށަލަ" ތުނި ކުރުމަށްޓަކައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް