ކީޕަރ އިމްރާން މާޒިޔާއަށް ސޮއެކޮށްފި

ގައުމީޓީމުގެ ކީޕަރު އިމްރާނު މުހައްމަދު އަންނަ އަހަރު މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ. ރެކޯރޑު އަގެއްގައި ސޮއެކުރިކަމަށް ހަބަރުތަށް ފެތުރިފާވާއިރު، އިމްރާން މާޒިޔާއަށް ސޮއިކުރި އަގު އަދި ހާމަކޮށްފަ...

24 Dec 2014 | 14:22

ގައުމީޓީމުގެ ކީޕަރު އިމްރާނު މުހައްމަދު އަންނަ އަހަރު މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.

ރެކޯރޑު އަގެއްގައި ސޮއެކުރިކަމަށް ހަބަރުތަށް ފެތުރިފާވާއިރު، އިމްރާން މާޒިޔާއަށް ސޮއިކުރި އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. ގައުމީ ޓީމުގެ ކީޕަރ އިމްރާން މުހައްމަދު  މާޒިޔާއާއި ގުޅިފައިވަނީ 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ވޭތުވެދިޔަ 3 ސީޒަންގައި ނިއުއަށް ކުޅެދިން ކީޕަރ އިމްރާންވަނީ މީގެ ކުރިންވެސް މި ޓްރާންސްފަރ ސީޒަންގައި ކުރިން ނުކުޅޭ ކުލަބަކަށް ކުޅެން ބޭނުން ވާކަމުގެ އިޝާރާތެއް ދީފައެވެ.

ކުލަބު ބަދަލުކުރިކަން އިމްރާނު މިހާރު ވަނީ ނިއު އަށް އަންގައިފަ އެވެ. އަދި އޭނާ މާޒިޔާ އަށް ދިޔައިރު އެކުލަބުގައި ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު މުހައްމަދު އިމްރާނު ވެސް އެބަހުއްޓެވެ.

ވާދަވެރި ނިއުއަށް މިސީޒަންގެ ޓްރާންސްފަރ ސީޒަންގައި މިހާތަނަށް ކުރިން މާޒިޔާއަށް ކުޅެމުންއައި އަޑޭ އަދި ރިލްވާން ވަހީދް ( ރިލޭ) ސޮއެކޮށްފައިވާއިރު، މާޒިޔާއިން ބުނެފައިވަނީ އިދިކޮޅު ޓީމުތަށް ސިއްސުވާލާފަދަ ޓްރާންސްފަރތަކެއް މި ސީޒަންގައި ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް