ކުޑަ ކުއްޖަކާއެކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގަމުންދިޔަ މީހަކު ހައްޔަރު ކޮށްފި

އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަމުންދިޔަކަމަށް ތުހުމަތުކުރެވޭ  މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 51 އަހަ...

24 Dec 2014 | 08:45

އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަމުންދިޔަކަމަށް ތުހުމަތުކުރެވޭ  މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ 2014 ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެރޭ 00:30 ހާއިރު އެ ކުއްޖާއާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ކަމަށާއި އަދި މި މީހާއަކީ މީގެކުރިންވެސް ކުޑަކުއްޖަކާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުޤީޤް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް