އޮލިމްޕިކް ކޮމިޓީ ހިންގަމުން އަންނަ އޮފީހުން ވައްކަންކޮށްފި

އޮލިމްޕިކް ކޮމިޓީ ހިންގަމުން އަންނަ އޮފީހުން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  އޮލިމްޕިކް ކޮމިޓީ އޮފީހުން ލެޕްޓޮޕްތަކަކާއި ކޮމްޕިއ...

24 Dec 2014 | 06:20

އޮލިމްޕިކް ކޮމިޓީ ހިންގަމުން އަންނަ އޮފީހުން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  އޮލިމްޕިކް ކޮމިޓީ އޮފީހުން ލެޕްޓޮޕްތަކަކާއި ކޮމްޕިއުޓަރުތަކެއް ގެއްލިފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 9:40 ހާއިރު ކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން އެ އޮފީހަށް ވަދެފައިވަނީ އެ އޮފީހުގެ ތަޅުދަނޑި ބޭނުންކޮށްގެން އެނގިފައިވާކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފީހުން ގެއްލިފައިވަނީ ދެ ކޮމްޕިއުޓަރު ސިސްޓަމާއި 4 ލެޕްޓިމްކަމަށާއި އޮފީހުގެ ތަޅުދަނޑި ބާއްވާފައިއޮތީ އޮފީހަށް ވަންނަ ދޮރު ކައިރީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް