ފޮނަދޫ ކައުންސިލްގެ މިނިވަން ދެ މެމްބަރުންނާއެކު އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ޕީޕީއެމަށް

ލ. ފޮނަދޫ ކައުންސިލްގައި މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ މެމްބަރުންނާއި އެރަށާއި އެ އަތޮޅު ގާދޫގެ އެމްޑީޕީ އިސް އެކްޓިވިސްޓުންތަކެއް ޕީޕީއެމަށް ސޮއިކޮށްފި އެވެ. ފޮނަދޫ ކައުންސިލްގައި މިނިވަ...

24 Dec 2014 | 06:00

ލ. ފޮނަދޫ ކައުންސިލްގައި މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ މެމްބަރުންނާއި އެރަށާއި އެ އަތޮޅު ގާދޫގެ އެމްޑީޕީ އިސް އެކްޓިވިސްޓުންތަކެއް ޕީޕީއެމަށް ސޮއިކޮށްފި އެވެ.

ފޮނަދޫ ކައުންސިލްގައި މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ފައިސަލް އާއި އިބްރާހިމް ޝާހިދު ޕީޕީއެމަށް ސޮއިކުރެއްވީ ރޭގެ ވަގުތެއްގައި ކަމަށާއި ދެ މެމްބަރުންނާއެކު އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ގޮތުގައި ފޮނަދުއާއި ގާދޫގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކާއެކު 50 ވަރަކަށް މީހުން ޕީޕީއެމަށް ސޮއިކޮށްފައިވާކަމަށް ފޮނަދޫގައި ހުންނަ ޕީޕީއެމްގެ ކެމްޕޭން އޮފީހުން މައުލޫމާތު ދެއެވެ.

ޕީޕީއެމަށް ސޮއިކުރެއްވި ފޮނަދޫ ކައުންސިލްގެ މެމްބަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ގޮތުގައި ކުރިން ހަރަކާތްތެރިވި ފަރާތްތަކުގެ ފޯމުތަކާ ޕީޕީއެމްގެ ފަރާތުން ހަވާލުވެލެއްވީ ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި ދެ މެމްބަރުން ޕީޕީއެމަށް ސޮއި ކުރުމާއެކު އެ ކައުންސިލްގައި މިހާރު ތިއްބަވާ ފަސް ކައުންސިލްރުންނަކީވެސް ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް