ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްގައި މިއަދު ވޯޓު ނަގަން އެޖެންޑާ ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ އެ އޮތޯރިޓީގެ ބޯޑު މެމްބަރު ސުޖާއު ހުސެއިން އެވެ. އަދި އެ މައްސަލަ ސުޖާއު ހުށަހެޅުއްވީ އެލްޖީއޭގެ ރައީސް އެލްޖީއޭގެ ހިންގާ ގަވާއިދާ ހިލާފުވެފައިވާކަމަށް ބުނެއެވެ.
މި މައްސަލަ އެޖެންޑާކޮށްފައިވަނީ މިއަދު 10:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް