ގެއްލިގެން ހޯދަމުން އަންނަ ހާއްސައެހީއަށް ބޭނުންވާ މީހާ އަދިވެސް ނުފެނޭ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަދި...

24 Dec 2014 | 04:53

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަދި އެއްވެސް ހަބަރެއް ނެތް ކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަރުކަޒުން ގެއްލިގެން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ ވެސްޓްބީޗް އުމުރުން 28 އަހަރުގެ އަހުމަދު މިޝްފާގެވެ.

މިޝްފާގް ގެއްލިގެން ހޯދަމުން އަންނަތާ 13 ދުވަސްވެފައިވާއިރު މިޝްފާގް ލައިގެން އުޅުނު ކަމަށް ބެލެވޭ ޓީޝާޓަކާއި އަރައިގެން އުޅުނު ކަމަށް ބެލެވޭ ފައިވާނެއް ގުރައިދޫ ކައިރީ ފަޅުރަށެއްގެ ފަޅުތެރެއިން ފެނިފައިވާކަމަށް އެރަށުގެ ބައެއް ފަރާތުން ވަނީ ބުނެފައެވެ. އެކަން ފުލުހުންނާ ސިފައިން ދޮގުކޮށްފައެއްވެސް ނުވެއެވެ.

އޭނާ ގެއްލިފައިވާ ކަމަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ރިޕޯޓްކުރީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު އެވެ. އޭނާ އެ މަރުކަޒުގައި ނެތްކަން އެނގުނީ އެ ރޭ އޭނާއަށް ބޭސްދޭން ދިޔުމުންނެވެ.

މިޝްފާގްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް