ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ކުރުމާއި ދަ...

24 Dec 2014 | 04:43

މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ކުރުމާއި ދަތުރުތައް ރޭވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ދަތުރުކުރައްވާ އުޅަނދުފަހަރަކީ ކަނޑު ދަތުރުފަތުރު ކުރުމަށް ހެދިފައިވާ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފެތޭ އުޅަނދުފަހަރުތޯ ބެލުމާއި މީހުން އުފުލަނީ ކަނޑައެޅިފައިވާ މިންގަނޑަށްތޯ ބެލުން މުހިންމު ކަމަށާއި އަދި އުޅަނދުފަހަރުގައި ކަނޑައެޅިފައިވާ އަދަދަށް ލައިފް ޖެކެޓް ފަސޭހައިން އަތުޖެހޭނެ ހިސާބެއްގައި ހުރިތޯ ބެލުމާއި ދިޔަ ހިއްކާ ޕަމްޕު އަދި މުވާސަލާތީ ސެޓް ފަދަ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތެއްގައިތޯ ބެލުމަށްފަހު ދަތުރުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެ އެވެ.

މީގެ އިތުރުން އެމްއެންޑިއެފުން ބުނެފައިވަނީ އުޅަނދަށް ހުއްދަ ދެވިފައިވާ އަދަދަށް ދަތުރުވެރިން އުފުލުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެންމެހާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުމާއެކު ދަތުރުތައް ރޭއްވެވުމަށް އެންމެހާ ނެވިންގެ ސަމާލުކަމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް