އިޓަލީގެ މިލާންގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވި އަންހެނަކު މި ހަފްތާ ތެރޭގައި ވިހައިފި އެވެ.
އުމުރުން 36 އަހަރުގެ އަންހެންމީހާ ސިކުނޑީގެ ބައްޔެއްގައި މަރުވެފައިވަނީ މީގެ 9 ހަފްތާ ކުރިން ކަމަށާއި މަރުވި އިރު ބަނޑަށް 23 ހަފްތާ ކަމަށް މިލާންގެ ހޮސްޕިޓަލުން ބުނެއެވެ.
އާއިލާގެ ރުހުމާއެކު މިލާންގެ ސޭން ރަފައޭލް ހޮސްޕިޓަލުންވަނީ ލައިފް ސަޕޯޓްގެ އެހީގައްޔާއި އެހެނިހެން ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެ އަންހެން މީހާގެ ބަނޑުގައި އޮތް ދަރި މަރުވިޔަ ނުދީ 9 ހަފްތާ ވަންދެން ބަލަހައްޓާފައެވެ.
އެ އަންހެންމީހާގެ ބަނޑުން ދަރި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށާއި ވިހެއީ ބަރުދަނުގައި 1.8 ކިލޯގްރާމް ހުންނަ ފިރިހެން ކުއްޖެއް ކަމަށް އިޓަލީގެ ނޫސްތަކުގައި ބުނެފައިވެއެވެ.
މިފަދަ ހާދިސާއެއް 1993 ވަނަ އަހަރު އެމެރިކާގައިވެސް ވަނީ ހިނގާފައެވެ. އެފަހަރު މާބަނޑު އަންހެނަކު މަރުވުމުން ބަޑުގައި އޮތް ދަރި ވަނީ ތިންމަސް ވަންދެން ލައިފް ސަޕޯޓްގެ އެހީގައި ބަލަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް