އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގާ މިހާތަނަށް ހާހަކަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާކަމަށް އެސަރަހައްދުގެ މަސްރަހު ދިރާސާ ކުރަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަންރައިޓްސް އިން ބުނެފި އެވެ.
އެ އޮބްޒަވޭޓަރީން އިއްޔެ އާންމުކުރި ކުރު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން އިސްވެ އޮވެ އައިއެސް ނައްތާލުމަށް 23 ސެޕްޓެމްބަރުގައި ފެށި ހަނގުރާމައިގާ މިހާތަނަށް 1171 މަރުވެފައިވާކަން އެ ގްރޫޕަށް ރިޕޯޓްކުރެވިފައިވާކަމަށެވެ. އޭގެ ތެރެއިން 1119 ހަނގުރާމަވެރިންނަކީ އައިއެސްއާއި އަލް ނުސްރާ ފްރަންޓަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށްވެސް އޮބްޒަވޭޓަރީގެ ކުރު ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަރުވެފައިވާ މީޙުންގެ ތެރޭގައި އަލްގައިދާ ޖަމާއަތަށް ނިސްބަތްވާ ބައެއް ހަނގުރާމަވެރިންވެސް ހިމެނޭ ކަމަށާއި އަދި މަރުވި މީހުންގެ ތެރޭގައި އާންމުންގެ 52 މީހަކުވެސް ހިމެނޭ ކަމަށެވެ.
އައިއެސް ނައްތާލުމަށް އެމެރިކާއިން އިސްވެ ގިނަ ގައުމުތަކެއް އެކުލެވޭ އިއްތިހާދެއް އެކުލަވާލާ އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަން ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް