ބާރަ ދުވަހުގެ ތެރޭގައި ތާލިބާނުންގެ 150 ހަނގުރާމަވެރިން މަރާލައިފި

މަސްރަހް ހޫނުވެފައިވާ އަފްގާނިސްތާނުގެ އިރުމަތިން ޕާކިސްތާނު ބޯޑަރު ސަރަހައްދުގައި ތާލިބާނު ހަނގުރާމަވެރިންނާ ދެކޮޅަށް އަފްގާންގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުން އަންނަތާ 12 ދުވަސްވެފައިވާއިރު މި 1...

24 Dec 2014 | 00:43

މަސްރަހް ހޫނުވެފައިވާ އަފްގާނިސްތާނުގެ އިރުމަތިން ޕާކިސްތާނު ބޯޑަރު ސަރަހައްދުގައި ތާލިބާނު ހަނގުރާމަވެރިންނާ ދެކޮޅަށް އަފްގާންގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުން އަންނަތާ 12 ދުވަސްވެފައިވާއިރު މި 12 ދުވަހުގެތެރޭގައި 150 އަށްވުރެ ގިނަ ތާލިބާނު ހަނގުރާމަވެރިން މަރާލެވިފައިވާކަމަށް އަފްގާން އަސްކަރިއްޔާއިން ބުނެފި އެވެ.

އަފްގާންގެ އަސްކަރީ އިސްވެރިޔާ ޖެނެރަލް އަބްދުލް ހަބީބު އަލް ސައްޔީދީ އިއްޔެ ބުނެފައިވަނީ 150 އަށްވުރެ ގިނަ ތާލިބާނުން މަރާލެވިފައިވާއިރު 100 އަށްވުރެ ގިނަ ތާލިބާނުން ޒަހަމްކޮށްލެވިފައިވާކަމަށެވެ. އަދި 2008 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ބޮމުގެ ހަމަލާދިން ލަޝްކަރޭ ތާއިބާއިންވެސް ތާލިބާނުންނާ ގުޅިގެން ހަނގުރާމަކުރަމުން އަންނަ ކަމަށްވެސް ޖެނެރަލް އަބްދުލް ހަބީބު ބުނެފައިވެއެވެ.

ޖެނެރަލް ބުނެފައިވަނީ ހަމަލާ ބަދަލުކުރެވެމުން އަންނަ ޑަންގަމް ސަރަހައްދަކީ އަފްގާން އަދި ޕާކިސްތާން ބޯޑަރާ ކައިރި ސަރަހައްދެއްކަމުން އާންމުންނަށް ދިމާވެދާނެ ނުރައްކަލަކާމެދު ވަރަށް ބޮޑަށް ސަމާލުވާކަމަށެވެ.

ހަމަލާތަކުގައި ތާލިބާނުންގެ 150 އަށްވުރެ ގިނަ މީހުން މަރާލާފައިވީނަމަވެސް އެ ސަރަހައްދުގައި ދެމުން އަންނަ ހަމަލާތަކަށް ބަލާއިރު ތާލިބާނުން އަވަސް މުސްތަގްބަލެއްގައި ބަލި ކުރެވިދާނެ ކަމާމެދު ޝައްކު އުފެދޭކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ތާލިބާނުންގެ ހަމަލާތަކުގައި އަފްގާންގެ ގިނަ އަދަދަކަށް ސިފައިން މަރުވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތާލިބާނުންނާ ދެކޮޅަށް އަފްގާނިސްތާނާއި ޕާކިސްތާނުން ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ޕެޝާވަރުގެ ސުކޫލަށް ތާލިބާނުން ދިން ހަމަލާތަކުގައި 140 އަށްވުރެ ގިނަ މީހުން މަރާލާފައިވުމުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް