ކުރިން ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް
ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި މިތަކެތި އަތުލައިގަތީ މިމަހުގެ 22 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަން ހިންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތި ފެނިފައިވަނީ ވައިގެމަގުން ގެނެސްފައި ހުރި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. އޭގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.51 ކިލޯ ހުއްޓެވެ.
އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި ޕޮސިޓިވްވެފައިވަނީ ކެނަބިސް އަށެވެ.
މި މައްސަލައިގަ މީހަކު ހައްޔަރު ކުރި ކަމެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް