އެމެރިކާގެ މި އަވަށަށް މިއަހަރަށް އިރު އޮއްސިއްޖެ، ދެން އިރު އަރާނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައި

އެލާސްކާގެ އެންމެ އުތުރުގައި އޮންނަ އުތުޤިއާވިކަށް ނޮވެމްބަރު 18 ގައި އިރު އޮއްސި، ޖެނުއަރީ 22 އާ ހަމައަށް 65 ދުވަސް ވަންދެން އިރު ނާރައި ހޭދަކުރާން ޖެހޭނެއެވެ.

24 Nov 2026 | 07:55
އަލަސްކާގެ މި އަވަށަށް ދެން އިރު އަރާނީ އަންނަ އަހަރު --

އަލަސްކާގެ މި އަވަށަށް ދެން އިރު އަރާނީ އަންނަ އަހަރު --

އެމެރިކާގެ އެލާސްކާގެ އެންމެ އުތުރުގައި އޮންނަ އުތުޤިއާވިކް ނަމަކަށް ކިޔާ ރަށުގައި މިއަހަރު އެންމެ ފަހު ދުވަހަށް އިރު އޮއްސިއްޖެ އެވެ.

ކޮންމެ އަހަރެއްގައި ހިނގާ މި ޢުސޫލުގެ ތެރެއިން މިއަހަރު އެންމެ ފަހުން ޢިރުގެ ޢަލިކަން ޢެ ޢަވަށަށް ފެނުނީ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. އެ ދުވަހު އިރު އޮއްސިފައިވަނީ މެންދުރު 1:42 ގައި އެވެ.

Advertisement

ރިޕޯޓުތައް ބުނާގޮތުގައި ދެން އެ ރަށަށް އިރު އަރާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 22 ގައިއެވެ. މިހެން ވުމުން 65 ދުވަސް ވަންދެން އެ އަވަށުގެ ރައްޔިތުން އިރުގެ އަލިކަމާއި ނުލައި ހޭދަކުރަން ޖެހޭނެ އެވެ.

މި ޤުދުރަތީ ޙާދިސާއަކީ ކޮންމެ އަހަރަކު ވެސް ތަކުރާރުވާ ކަމެކެވެ. ލޮނުގަނޑު ހުރަހަށް އެނބުރޭ ގޮތުން، ފިނި މޫސުމުގެ ތެރޭގައި އެހާ އުތުރަށް އޮންނަ ހިސާބުތަކަށް އިރުގެ އަލި ސީދާ ނުފޯރައި، އިރު އުދަރެހުން ތިރީގައި ހުންނަނީއެވެ. މި ދުވަސްވަރު ވެސް މެންދުރު އެންމެ އަވިބާރުވާ ގަޑީގައި ޖައްވުގެ ތެރެއިން ފެތުރޭ އިރުގެ އައްޔާ ހެދި ޓްވައިލައިޓެއް ފެނެއެވެ. ނަމަވެސް އިރު އޭގެ ޒާތުގައި ލޮލަކަށް ނުފެނެއެވެ.

ޖެނުއަރީ 22 ގައި އެ އަވަށަށް އިރު އެރުމުން، ފުރަތަމަ ދުވަހު އިރު ހުންނާނީ ގާތްގަނޑަކަށް އެންމެ ގަޑިއެއްހާ އިރު ވަންދެންނެވެ. އެއަށް ފަހު ދުވަހެއް ދުވަހަކަށް ދުވާލުގެ އަލި ދިގުވަމުން ދާނެއެވެ.

ހަމަ މި އަވަށުގެ ރައްޔިތުންނަށް ހޫނު މޫސުމުގައި ތަފާތު ތަޖުރިބާއެއް ކުރެވެއެވެ. އެ ދުވަސްވަރު 24 ގަޑިއިރު ވެސް އިރު އުދަރެހުން މައްޗަށް ނުއޮއްސި ހުރެއެވެ. ރޭގަނޑު ނުވަ ހަނދުވަރުގެ ޢަލިކަމެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް