އިންފްލެންޒާ ޖެހުނު ކުއްޖަކު މަރުވެއްޖެ

އިންފްލުއެންޒާ ޖެހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ މަރުވެފައިވ...

24 Nov 2019 | 09:14

އިންފްލުއެންޒާ ޖެހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

ރޭ އާސަހަރާ މިސްކިތުގައި ކަށުނަމާދު ކުރުމަށްފަހު މިހާރު އެކުއްޖާ ވަޅުލާފައިވާއިރު މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަށް އިންފްލުއެންޒާ ޖެހި ބަލި ބޮޑުވެ ނިއުމޯނިއާވެސް ޖެހުނެވެ.

އިންފްލުއެންޒާ ޖެހިގެން ކުއްޖަކު މަރުވެފައިވާއިރު އިންފްލުއެންޒާ ރާއްޖޭގައި އިތުރުވަމުންދާތީ އެކަމަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް