ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ޖާބިރު ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ. މިގޮތަށް ނިންމައި ޖާބިރު އެކަން އިއު...

24 Nov 2018 | 05:29

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިގޮތަށް ނިންމައި ޖާބިރު އެކަން އިއުލާނު ކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޖާބިރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2019 ރައްޔިތުންގެ މަޖިލީސްގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައް ނިންމާފައިވާކަމަށެވެ.

"މި އަންނަ ހަފްތާ ބަންދުގައި ކާށިދޫ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރަން ދާނަން، އިންޝާﷲ" ޖާބިރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ޖާބިރު މީގެ ކުރިންވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވެއެވެ. އެ ދާއިރާގެ މެމްބަރުކަން މި ދައުރުގައި ކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މިހާރު އެ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި އޮތީ ހުހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް