އަދީބުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި، މި ފަހަރުވެސް 15 ދުވަސް

ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހައިފި އެވެ. ދުވ...

24 Nov 2015 | 18:04

ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އަދީބުގެ ބަންދުގެ މުއްދަތަށް ކުރިން ޖެހި 15 ދުވަސް ހަމަވާތީ ބަންދުގެ މުއްދަތު އިތުރު ކުރީ އިއްޔެ ކަމަށެވެ.

ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު މި ފަހަރުވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސެޕްޓެމްބަރު 27 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައިގެ ފަހަތުގައި ހުންނެވީ އަދީބު ކަމަށް ތުހުމަތުކޮށް އަދީބު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް