ޕާކިސްތާން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ރިޑަޔާޑް ސައިދް ޚަވާރް އަލީ ޝާހް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޕާކިސްތާނު ސަރުކާރުގެ އެހީގައި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވެވި އެވެ.
އެގޮތުން ޕާކިސްތާނުގައި ދިވެހި ދަރިވަރުން، މެޑިސިން، ސައިކޮލަޖީ އަދި އެއާ ކްރާފްޓް އިންޖިނިއަރިންގ އާއި ޕައިލެޓް ސްޓަޑީސް ފަދަ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަދެއްކެވި ކަމަށާއި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ދެ ގައުމުގެ ދަރިވަރުން ތަޖުރިބާ ދަތުރުތައް ކުރުމަށް ހުރި ފުރުސަތުތައް ފާހަގަ ކުރެއްވި ކަމަށް އެޑިއުކޭޝަން މިނިޑްޓްރީން ބުނެ އެވެ.
"މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުން އަދި ހާއްސަގޮތެއްގައި ދިވެހި ރާއްޖެއަށް ބޭނުންވާ ފާމަސިސްޓުން ތަމްރީނު ކުރުމުގައި ޕާކިސްތާނުން އިތުރު އެހީތެރިކަން ބޭނުންފުޅުވާ ކަން ފާހަގަކުރެއްވި، މިނިސްޓަރ ވިދާޅުވި ގޮތުގައި ބޭރުގެ ގައުމުތަކުން ދިވެހި ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ލިބޭ މިފަދަ ފުރުސަތުތަކަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އަވަސްވެ އަދި ގައުމަށް ބޭނުންވާ މަސައްކަތްތެރިން އުފެއްދުމުގައި ނުހަނު ބޭނުންތެރި ކަމެއް" މިނިސްޓްރީން ހާމަކުރެ އެވެ.
މިނިސްޓްރީން ބުނީ މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ،ޕާކިސްތާން ސަރުކާރުން ރާއްޖޭގެ ތައުލީމާއި ތަރައްގީ އަށް ކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.
ދިވެހި ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުން އަވަސްކޮށްދިނުމަށްޓަކައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ތަންފީޒުކުރުމަށް ދެ ގައުމު ގުޅިގެން އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ މަތީ ތައުލީމާއި ބެހޭ ޑިޕާޓްމަންޓާއި ހަވާލުވެ ވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަހްމަދު ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް