ޖުމްހޫރީ ޕާޓީގެ 2 މެމްބަރަކު ޕީޕީއެމްއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވެރިކަންކުރާ ޕީޕީއެމަށް ދާދިދެންމެ ސޮއިކުރައްވައިފި އެވެ. ދެމެމްބަރުން...

24 Nov 2015 | 08:37

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވެރިކަންކުރާ ޕީޕީއެމަށް ދާދިދެންމެ ސޮއިކުރައްވައިފި އެވެ.

ދެމެމްބަރުން ޕީޕީއެމްއަށް ސޮއިކުރެއްވީ ސްޓެލްކޯ މާލަމްގައި އެކަމަށް ޓަކައި ބޭއްވި ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމާއި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބުދުއް ރަޙީމް ޢަބުދުﷲ އާއި އެޕާޓީގެ ޕީޖީ ލީޑަރު އަޙުމަދު ނިޙާން ޙުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުންނާއި އެޕާޓީގެ ބައެއް އާއްމު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް