އެލްޖީއޭގެ ސީއީއޯގެ މަގާމުން ޝުކުރީ އިސްތިއުފާ ދެއްވުމުން އާ ސީއީއޯއަކު ހޯދުމަށް އިއުލާނު ކޮށްފި

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުން އަހްމަދު ޝުކުރީ އިސްތިއުފާ ދެއްވުމުން އާ ސީއީއޯއަކު ހޯދުމަށް އެލްޖީއޭއިން އިއުލާނު ކޮށްފި އެވެ. ޝުކުރީ އިސްތިއުފާ ދ...

24 Nov 2015 | 06:34

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުން އަހްމަދު ޝުކުރީ އިސްތިއުފާ ދެއްވުމުން އާ ސީއީއޯއަކު ހޯދުމަށް އެލްޖީއޭއިން އިއުލާނު ކޮށްފި އެވެ.

ޝުކުރީ އިސްތިއުފާ ދެއްވިކަން އެލްޖީއޭއިން ޔަގީން ކޮށްދިން ނަމަވެސް ޝުކުރީ އިސްތިއުފާ ދީފައިވަނީ ކޮން އިރަކު ކަމެއް އެލްޖީއޭއިން ހާމައެއް ނުކުރެ އެވެ.

އާ ސީއީއޯ އަކު ހޯދުމަށް އެލްޖީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސީއީއޯގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކު ގަވަނަންސް ނޫނީ ޕަބްލިކް ސެކްޓަރ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރ ޙާޞިލްކޮށްފައިވުން، ނުވަތަ އެހެން ދާއިރާއަކުން ޑިގްރ އަކާއި މާސްޓާރސް ޑިގްރީ އެއް ޙާސިލްކޮށްފައިވާން ވާނެ ކަމަށެވެ.

ސީއީއޯގެ މަގާމުގެ މުސާރައިގެ ގޮތުގައި 35 ހާސް އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދެހާސް ރުފިޔާ ލިބޭނެ ކަމަށްވެސް އެލްޖީއޭގެ އިއުލާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް