އައިއެސްއާއި ދެކޮޅަށް ފްރާންސުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އައިއެސް ޖަމާއަތާއި ދެކޮޅަށް ފްރާންސުން، ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ. މި ހަމަލާތައް ދިނުމުގައި ފްރާންސުން ބޭނުން ކުރަން ފަށާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގައި އަލަށް ބޭނު...

24 Nov 2015 | 05:08

އައިއެސް ޖަމާއަތާއި ދެކޮޅަށް ފްރާންސުން، ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

މި ހަމަލާތައް ދިނުމުގައި ފްރާންސުން ބޭނުން ކުރަން ފަށާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގައި އަލަށް ބޭނުންކުރަން ފެށި ޗާލްސް ޑެ ގޯއުލް އެއާކްރާފްޓް ކެރިއާ ކަމަށް ފްރާންސުން ހާމަކުރެ އެވެ.

ފްރާންސްގެ އަސްކަރިއްޔާއިން ހާމަކުރާ ގޮތުގައި ފްރާންސްގެ ހަމަލާތައް އަމާޒު ކުރަނީ ރަމާޑީ އާއި މޯސުލް އަށެވެ. އެ ސަރަހައްދުތަކުން އައިއެސްގެ ބާރު ކަނޑުވާލުމަކީ ފްރާންސްގެ އަމާޒު ކަމަށް ފްރާންސް އަސްކަރިއްޔާއިން ހާމަކުރެ އެވެ.

އައިއެސްއާއި ދެކޮޅަށް ފްރާންސުން ހަމަލާތަށް ފަށާފައިވާއިރު ފާއިތުވި ދެ ދުވަހުގެ ތެރޭގައި 472 ޓާގެޓަކަށް ހަމަލާ ދީފައިވާނެ ކަމަށް ރަޝިޔާއިން ވަނީ ހާމަ ކޮށްފަ އެވެ. ރަޝިޔާއިން ބުނަނީ އަލެއްޕޯ، ދިމިޝްޤ، އިޑްލީބް، ލަޓާކިއާ، ހަމާ، ހޮމްސް، ރައްގާ އަދި ޑެއިރް އެޒޯރްގައި އައިއެސް ޖަމާއަތުން ގާއިމްވެ ތިބޭ ސަރަހައްދުތަކަށް ހަމަލާތައް އަމާޒު ކޮށްފައި ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް