ރައީސް އޮފީހުގެ ޗީފް އޮފް ކޮމިއުނިކޭޝަންސް އޮފިޝަރުގެ މަގާމަށް އަލީ ޚާލިދު އައްޔަން ކުރައްވައިފި

ރައީސް އޮފީހުގައި "ކޮމިއުނިކޭޝަންސް ޑިޕާޓްމެންޓް"ގެ ނަމުގައި ޑިޕާޓްމެންޓެއް އުފައްދަވައި އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުން ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމަށް މާފަންނު ފިނިފަރު ޢަލީ ޚާލިދު...

24 Nov 2015 | 05:00

ރައީސް އޮފީހުގައި "ކޮމިއުނިކޭޝަންސް ޑިޕާޓްމެންޓް"ގެ ނަމުގައި ޑިޕާޓްމެންޓެއް އުފައްދަވައި އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުން ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމަށް މާފަންނު ފިނިފަރު ޢަލީ ޚާލިދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި މި ޑިޕާޓްމެންޓް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ސަރުކާރުން ހިންގަވަމުން ގެންދަވާ މުހިންމު ކަންކަމާއި، މައުލޫމާތު ޙިއްޞާކުރުން ހަރުދަނާ ކުރެއްވުމަށްޓަކަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް އުފެއްދެވުމާ ގުޅިގެން، އެއޮފީހުގެ ޕްރެސް އެންޑް ކޮމިޔުނިކޭޝަންސް ސެކްޝަނުގެ މަސައްކަތްތަކާއި، ޕަބްލިކް އެފެއާޒް ސެކްޝަނުގެ މަސައްކަތްތައް ހިނގަމުންދާނީ މި ޑިޕާޓްމަންޓުގެ ދަށުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް