ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ކަސްރަތު ކުލާސްތަކެއް ފަށައިފި

ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ކަސްރަތު ކުލާސްތަކެއް ފަށައިފިއެވެ. މި ޕްރޮގްރާމު ފެށުމުގެ ގޮތުން އިސްކަންދަރު ކޮށީގައި އޮތް ސެޝަން ޝަރަފުވެރިކޮށް...

24 Nov 2015 | 04:45

ޕޮލިސް ފެމެލީ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ކަސްރަތު ކުލާސްތަކެއް ފަށައިފިއެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން އިސްކަންދަރު ކޮށީގައި އޮތް ސެޝަން ޝަރަފުވެރިކޮށްދެއްވީ ވިމެންސް އޮން ބޯޑް (ވޮބް) ގެ ސެކެޓްރީ ޖެނެރަލް ސަފާތު އަހުމަދެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ހިއްވަރުދީ އަދި އެފުރުސަތު ހޯދައިދިނުންކަމުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އަމާޒުކޮށް މިފަދަ އިތުރު ޕްރޮގްރާމްތައް ޕީ.އެފް.އޭ އިން ކުރިއަށް އޮތްތަނުގައި ބާއްވާނެކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

މި ކަސްރަތު ކްލާސްތައް ނަންގައިވައިދެއްވާނީ މިދާއިރާއިން ފުންނާބު އުސް އިންސްޓްރަކްޓަރެއް ކަމަށްވާ ނާޒިމާ ޢަބްދުލް ޣަނީ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް