މަސްތުވާތަކެއްޗާއެކު އައްޑޫން ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު ކުޑަކުއްޖަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކޮށްފި އެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކުއްޖާ ފުލުހުންގެ ބެލުމުގެ...

24 Nov 2015 | 04:30

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު ކުޑަކުއްޖަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކޮށްފި އެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހުގެ 13:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ކުއްޖާގެ އުމުރަކީ ކޮބައިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހިތަދޫގެ މަގުމަތިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާއާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓު އޭނާ ހުރި ސަރަހައްދުގެ ބިންމަތިން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް