ލ.އަތޮޅު ބަށިބޯޅަ މުބާރާތް: އޯކިޑް އަދި ރިއަލް އައިލެންޑް ކުޅުނު މެޗުން މޮޅުވެއްޖެ

ހައްދުންމަތީ ކައުންސިލްގެ ބަށިބޯޅަ މުބާރާތުގެ ފުރަތަމަ 2 މެޗުން އޯކިޑް އަދި ރިއަލް އައިލެންޑް މޮޅުވެއްޖެއެވެ. މިއަދު ލ. ފޮނަދޫ ބަރާސިލް އަވަށުގައި ފެށިގެންދިޔަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރ...

24 Nov 2014 | 16:23

ހައްދުންމަތީ ކައުންސިލްގެ ބަށިބޯޅަ މުބާރާތުގެ ފުރަތަމަ 2 މެޗުން އޯކިޑް އަދި ރިއަލް އައިލެންޑް މޮޅުވެއްޖެއެވެ.

މިއަދު ލ. ފޮނަދޫ ބަރާސިލް އަވަށުގައި ފެށިގެންދިޔަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލ.ގަމު މުކުރިމަގު އޯކިޑް އަދި ލ.ފޮނަދޫ ހެލްޕިންގް ހޭންޑްސް އޮފް މޯލްޑިވްސްގެ ލޮޓަސް ބަށިޓީމެވެ. މެޗު ކާމިޔާބުކޮށްފފައިވަނީ ލ.ގަމު މުކުރިމަގު އޯކިޑް ބަށިޓީމުންނެވެ. މެޗުގެ 2 އިނިންގްސް ނިމުނުއިރު އޯކިޑް ޓީމުން 25 ލަނޑު 4 ފޯލި ހެދިއިރު ލޮޓަސް ޓީމަށް ހެދިފައިވަނީ 22 ލަނޑު 0 ފޯއްޔެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ލ.ގަމު މުކުރިމަގު އޯކިޑް ބަށިޓީމުގެ ޖާރސީ ނަންބަރ 3 ޢާއިޝަތު ފިއުޒާއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތުގެ 2 ވަނަ މެޗުގައި ބައްދަލުކުރީ ލ.ފޮނަދޫ ޒުވާނުންގެ ގުޅުމުގެ ބުލްބުލް އަދި ލ.ގަމު ރިއަލް އައިލެންޑް ބަށިޓީމެވެ. މެޗު ކާމިޔާބުކޮށްފައިވަނީ ރިއަލް އައިލެންޑުންނެވެ. އެގޮތުން މެޗުގެ 2 ވަނަ އިނިންގްސް ނިމުނުއިރު ރިއަލް އައިލެންޑްއިން 29 ލަނޑު 9 ފޯލި ހެދުނުއިރު ބުލްބުލްއަށް ހެދުނީ 18 ލަނޑު 1 ފޯއްޔެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރިއަލް އައިލެންޑުގެ ޖަރސީ ނަންބަރ 2 ފާތިމަތު ނަހުޒާއެވެ.

މުބާރާތުގައި ޖުމްލަ 13 ޓީމެއް ބައިވެރިވެފައިވާއިރު މުބާރާތުގެ ކުޅުން މާދަމާވެސް ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް