އައިއެސްއިން ހިފާފައިވާ ދެ އަވަށެއް އިރާގު ސިފައިންގެ ކޮންޓްރޯލް ދަށަށް ގެނެސްފި

އިރާގުގައި އައިއެސްއިން ހިފާފައިވާ ދިޔާލާ ޕްރޮވިންސްގެ ދެ އަވަށެއް އިރާގު ސިފައިންގެ ކޮންޓްރޯލް ދަށަށް މިއަދު ގެނެސްފި އެވެ. އިރާގު ސިފައިން ބުނެފައިވަނީ ދިޔާލާ ޕްރޮވިންސްގެ ސާދިޔާ އަދި ޖުލާލާ އަވަށުގ...

24 Nov 2014 | 10:57

އިރާގުގައި އައިއެސްއިން ހިފާފައިވާ ދިޔާލާ ޕްރޮވިންސްގެ ދެ އަވަށެއް އިރާގު ސިފައިންގެ ކޮންޓްރޯލް ދަށަށް މިއަދު ގެނެސްފި އެވެ.

އިރާގު ސިފައިން ބުނެފައިވަނީ ދިޔާލާ ޕްރޮވިންސްގެ ސާދިޔާ އަދި ޖުލާލާ އަވަށުގައި ތިބި ހަނގުރާމަވެރިންނަށް ހަމަލާ ދޭން ފެށީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށާއި އެ ދެ އަވަށުގެ ފުރިހަމަ ކޮންޓްރޯލް އިރާގު ސިފައިންނަށް މިހާރު ހޯދިފައިވާކަމަށެވެ.

އެ ސަރަހައްދުގައި އަދިވެސް ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލު ކުރެވެމުން އަންނަ ކަމަށްވެސް އިރާގު ސިފައިން ބުނެއެވެ.

ބަގްދާދުގެ އިރުއުތުރުން 125 ކިލޯ މީޓަރު ދުރުގައި އޮންނަ ސާދިޔާ އަވަށާއި 95 ކިލޯ މީޓަރު ދުރުހައި އޮންނަ ޖުލާލާ އައިއެސްގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް