ވިލިމާލޭގައި އަންހެނުންނަށް އަމާޒު ކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފި

ވިލިމާލޭ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ވިލިމާލޭގެ އަންހެނުންނަށް އަމާޒްކޮށްގެން ކަސްރަތު ކުރުމާބެހޭ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް އެ ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ފުލުހުން ...

24 Nov 2014 | 10:45

ވިލިމާލޭ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ވިލިމާލޭގެ އަންހެނުންނަށް އަމާޒްކޮށްގެން ކަސްރަތު ކުރުމާބެހޭ ޕްރޮގްރާމެއް ކުރިއަށް ގެންގޮސް އެ ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 16 ން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިލިމާލޭގެ 20 އަންހެނަކު ބައިވެރިވެފައިވާއިރު 11 އަންހެނަކު ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށެވެ.

މި ޕްރޮގްރާމުގައި ކަސްރަތު ކުރާނެ ގޮތާއި ބެހޭ މަޢުލޫމާތާއި ރަގަޅު ގޮތުގައި ކަސްރަތު ކުރާނެ ގޮތާއި އެކު އަމަލީ ގޮތުން ކަސްރަތުގައި ބައިވެރިން ބައިވެރިކޮށް ޓްރެއިނިން ދީފައިވާކަމަށާއި މި ޕްރޮގްރާމުގައި ހިންގުމުގައި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް