އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ޒިޔަތަށް ރުހުން ދީފި

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހ. އާހަމަ ހަސަން ޒިޔަތު އެމަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.. އޭނާ އޮޑީޓާ ޖެނެރަލްގެ މަގާމަށ...

24 Nov 2014 | 08:49

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހ. އާހަމަ ހަސަން ޒިޔަތު އެމަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ..

އޭނާ އޮޑީޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ފެންނަކަމަށް ފާސްވީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ޒިޔަތާއި އެއްކޮޅަށް 59 މެންބަރުން ވޯޓު ދެއްވި  އިރު އޭނާ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައި އެއް ނުވެއެވެ. ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް އެއް މެންބަރަކު ވޯޓުދެއްވި އިރު މި ވޯޓުގައި ޖުމްލަ ބައިވެރިވީ 60 މެންބަރުންނެވެ.

މި ވޯޓުގައި އެމްޑިޕީގެ އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ.

މަޖިލީހުން ޒިޔަތަށް ރުހުން ދިނުމުން  އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒު އިބްރާހީމަށް ދައުރު ހަމަ ނުވަނީސް އެ މަގާމު ގެއްލުނީއެވެ. ޒިޔަތަށް މަޖިލީހުން ރުހުން ދީފައިމިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވުމުންނެވެ. އެ އިސްލާހުގައި ވާގޮތުން ރައީސް ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވަން ޖެހެއެވެ.

އިދިކޮޅު އެމްޑީޕީން ވަނީ އެ އިސްލާހަކީ ޕީޕީއެމްއިން ރާވައިގެން ނިޔާޒު އެމަގާމުން ދުރުކުރުމަށް ކުރި ކަމެއްކަމަށް ބުނެފައި އެވެ.

މިއަދު މަޖިލީހުން އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ފެންނަކަމަށް ރުހުންދިން ޒިޔަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމާއި ޕެންޝަން އޮފީހުގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް