ތިނަދޫގައި ހުޅުޖެހި މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި

ގދ. ތިނަދޫގައި ހުރި ދައުލަތުގެ މުއްސަސާތަކުގައި ހުޅުޖެހި މައްސަލައިގަ  ދައުވާ ކުރުމަށް އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން މި މައްސަލަ ހުށަހެޅީ މިއަދު އެވެ. ޕަބްލިކް ޕްރޮސެކިއުޓާ...

24 Nov 2014 | 08:30

ގދ. ތިނަދޫގައި ހުރި ދައުލަތުގެ މުއްސަސާތަކުގައި ހުޅުޖެހި މައްސަލައިގަ  ދައުވާ ކުރުމަށް އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މި މައްސަލަ ހުށަހެޅީ މިއަދު އެވެ. ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވީ މައްސަލަ އަލުން ދައުވާ ކުރަން ހުށަހަޅާއިރު ކުރިން ކޮށްފައިވާ ދައުވާއަށް އެއްވެސް އުނި އިތުރެއް ނުގެންނާނެކަމަށެވެ. ތިނަދޫގައި ހުރި ދައުލަތުގެ މުއްއްސަސާތަކުގައި ހުޅޫޖެހި މައްސަލައިގައި ދައުލަތުން ވަނީ 89 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންތަކަމެއް އަދި ސާފެއް ނުވެ އެވެ.

ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅު ޖެހި މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް