ކާނުގަނޑެއްގެ ތެރޭގައި 6 ދުވަސް ވަންދެން އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

އޮސްޓްރޭލިޔާގެ ސިޑްނީގައި ކާނުގަނޑެއްގެ ތެރޭގައި 6 ދުވަސް ވާންދެން އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮއްފިއެވެ. މި ކުއްޖާ އެތާނގައި އޮތްކަން އެނގުނީ އިއްޔެ ހެނދުނު ބައިސްކަލުގައި ދިޔަ ދެމީހަކަށް ކާނުގަނޑ...

24 Nov 2014 | 07:52

އޮސްޓްރޭލިޔާގެ ސިޑްނީގައި ކާނުގަނޑެއްގެ ތެރޭގައި 6 ދުވަސް ވާންދެން އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮއްފިއެވެ.

މި ކުއްޖާ އެތާނގައި އޮތްކަން އެނގުނީ އިއްޔެ ހެނދުނު ބައިސްކަލުގައި ދިޔަ ދެމީހަކަށް ކާނުގަނޑުގެ ތެރެއިން ކުއްޖަކު ރޯއަޑުއިވިގެން ކާނުގަނޑުގެ މަތި ނަގާ ބެލުމުންނެވެ.

ވިހޭތާ ހަތްދުވަސް ވެފައިވާ ކުޑަ ފިރިހެން ކުއްޖާއަށް މިހާރު ފަރުވާދެމުންދާއިރު އެ ތުއްތު ކުއްޖާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޮސްޓްރޭލިޔާ ފުލުހުން ބުނެފައިވަނީ އެކުއްޖާ ސަލާމަތްކޮފައިވާނީ ކާނުގަނޑުގެ އެންމެ އަޑި، ގާތްގަނޑަކަށް 8 ވަރަކަށް ފޫޓު އަޑިންކަމަށާއި މި މައްސަލައާއި ގުޅިގެން މިހާރު 30 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

މިކަނ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައިވަނީ އެކުއްޖާ ކާނުގަނޑު ތެރެއަށްލާފައިވަނީ ވިހޭތާ އެއްދުވަސް ފަހުން ކަމަށާއި އެކުއްޖާ އެތާންގައި އޮންނަތާ 6 ދުވަސް ވެފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް