ކޯޓުތަކުގެ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުމަށް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

މާލޭގެ ކޯޓުތަކަށް އަމާޒުކޮށްގެން "އިންފޮރމޭޝަން ޓެކްނޮލޮޖީއަށް އަހްލުވެރިކުރުވުން" މިނަމުގައި މަޢުލޫމާތު ދިނުމުގެ 5 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިގެން ކުރިއަށްދާ ކަމަށް ޖުޑީޝަލް އެޑިމިނިސްޓްރޭޝަ...

24 Nov 2014 | 06:35

މާލޭގެ ކޯޓުތަކަށް އަމާޒުކޮށްގެން "އިންފޮރމޭޝަން ޓެކްނޮލޮޖީއަށް އަހްލުވެރިކުރުވުން" މިނަމުގައި މަޢުލޫމާތު ދިނުމުގެ 5 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިގެން ކުރިއަށްދާ ކަމަށް ޖުޑީޝަލް އެޑިމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މިޕްރޮގްރާމްގެ މަގްސަދަކީ އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ބެހޭގޮތުން ކޯޓުތަކުގެ މުވައްޒަފުން އަޙުލުވެރިކުރުވުމަށް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ކޯހުގައި ޖުމްލަ 10 މުވައްޒަފުން ބައިވެރިވާކަމަށް އެ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

މިޕްރޮގްރާމްގެ ސެޝަންތައް ބާއްވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ރޫމްގައި ކަމަށާއި ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިންފޮމޭޝަން ސިސްޓަމްސް ޑިވެލޮޕްމަންޓް ޝެކްޝަންގެ ބޭފުޅުން ކަމަށްވެސް އެ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް