ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ކޯޓުތަކުގެ ގާނޫނަށް މި އިސްލަހު ގެންނަން ހުށަހެޅުއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު...

24 Nov 2014 | 06:15

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް މި އިސްލަހު ގެންނަން ހުށަހެޅުއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

ޝަރީފު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބެވުމަކީ ރާއްޖެފަދަ ގައުމަކަށް ބަލާއިރު ގިނަ އަދަދަކަށްވާތީ ކަމަށެވެ.މި އިސްލާހުގެ އިތުރުން އޭނާ ވަނީ ކޯޓުތަކުގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅުއްވާފައި އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ހައި ކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި ހުންނަންވާނެ ކަމަށެވެ. އަދިމިހާޜު ހައިކޯޓުންގެ ފަނދިޔާރުންގެ ގޮތުގައި ތިބި ނުވަ ފަނޑިޔާރުން އުތުރާއި ދެކުނުގައި ގާއިމް ކުރާ ދެ ގޮފީގެ އިތުރުން މާލޭގައި ހުންނަ ހައިކޯޓަށް ބަހާލުމަށެވެ. އޭރުން ކޮންމެ ތަނެއްގައި ތިއްބަވާނީ ތިން ފަނޑިޔާރުންނެވެ.

މި އިސްލާޙުގައި އިތުރަށް ބުނެފައިވަނީ ހައިކޯޓުގެ ގޮފިތައް ގާއިމް ކުރާ ރަށްރަށް ކަނޑައަޅަނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި އަތޮޅު ތަކުގެ ހހައި ކޯޓުތަކުން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ބަލާ މައްސަލަތައް އިސްތިއުނާފުކުރުން އެކަނި ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް އެމްޑީޕީގެ ފަރާތުން އިސްލާހު ހުށަހެޅުއްވި އިރު، 2012 ވަނަ އަހަރުން ފެށިގެން އެމްޑިޕީން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް