އިޒްރޭލު ސިފައިން، ފަލަސްތީނުގެ ދަނޑުވެރިޔަކު ޝަހީދު ކޮށްލައިފި

އިޒްރޭލުގެ ފައުޖުތަކުން ގާޒާގެ އިރުމަތީ ބޯޑަރު ސަރަހައްދަށް އިއްޔެ ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ދަނޑުވެރިޔަކު ޝަހީދު ކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުނ...

24 Nov 2014 | 05:42

އިޒްރޭލުގެ ފައުޖުތަކުން ގާޒާގެ އިރުމަތީ ބޯޑަރު ސަރަހައްދަށް އިއްޔެ ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ދަނޑުވެރިޔަކު ޝަހީދު ކޮށްލާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން 50 ދުވަހުގެ ހަނގުރާމައަށްފަހު ދެގައުމުން ގާއިމް ކުރި ސުލްހައިގެ އެއްބަސްވުމަށްފަހު އިޒްރޭލު ސިފައިންދިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވި މީ ފުރަތަމަ ފަހަރެވެ.

ފަލަސްތީނުގެ އެމަޖެންސީ ސާވިސްގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާއާ ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވާގޮތުން އިޒްރޭލު ސިފައިންގެ ހަމަލާގައި ޝަހީދުވީ އުމުރުން 32 އަހަރުގެ ފާދިލް މުހައްމަދު ހަލާވާ ކިޔާ ދަނޑުވެރިއެކެވެ. ޤުދްރާ ބުނެފައިވަނީ ދާދިލް ޝަހީދުވީ އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއް ފާދިލް ގެ ބުރަކަށްޓަށް އަމާޒުވުމުން ކަމަށެވެ.

މިކަމާމެދު އިޒްރޭލުން އަދި އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. މެދުކެނޑުމެއްނެތި 50 ދުވަހު ފަލަސްތީނުގެ ގާޒާއަށް ހަމަލާދިނުމަށްފަހު ހަމަލާތައް ހުއްޓާލާފައިވަނީ މިއަހަރު ގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު އެވެ. އޭރު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލިއެވެ. އިޒްރޭލުން މަރުވި މީހުންގެ އަދަދު އުޅެނީ 70 އަށްވުރެވެސް ދަށުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް