ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގި އަނިޔާވެރި ހާދިސާއަކާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާއާއި ނޫސްތަކުގައި ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު އެދިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ހާދިސާއާ ގުޅުވައިގެން މައުލޫމާތު ހާމަކުރާއިރު، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް ގެއްލުން ލިބިދާނެ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާކުރުން ގޯހެވެ.
އަދި އެ ފަރާތްތައް އިތުރު އަނިޔާއަކަށް ހުށަހެޅިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ވެސް ފެތުރުމުން ދުރުހެލިވުމަށް އެޗްއާރްސީއެމުން އެދިފައިވެއެވެ.
އެ ޕޯސްޓުގައި އެ ކޮމިޝަނުން ބާރުއަޅާފައިވަނީ މި މައްސަލަ ލަސްނުކޮށް ތަހުގީގުކުރުމަށެވެ.
އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީއަތަށް ހުށަހެޅުމަށް ވެސް އެޗްއާރްސީއެމުން ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް