އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހައްޔަރުކުރެވިފައިވާ ހުރިހާ މީހުންނަކީ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގުކުރުމަށް މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވާފައިވާ ކަމަށާއި، އެ ޓީމު މިހާރު އެ ރަށުގައި މަސައްކަތްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެ އަންހެން މީހާއަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށް ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި، މި މައްސަލަ ބަލަމުން ދިޔައިރު ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވެއެވެ. މި ތުހުމަތުތަކާ ގުޅިގެން މި ކޭހަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް