ވިއްސާރައިގެ އަދާހަމަ: އެންޑީއެމްއޭއިން ބުނީ މިހާރު ކުރިއަށްދަނީ ރަށްރަށުން ފެން ހިންދުމާއި އެސެސް ކުރުމުގެ މަސައްކަތް ކަމަށް

ބޯވާރޭގެ ސަބަބުން ފެންބޮޑުވި ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިފަރުން ފެން ހިންދައި ގެއްލުންތައް ދެނެގަންނަމުންދާއިރު، ކުޅުދުއްފުށީގެ ހާލަތު ކޮންޓްރޯލްކޮށްފިއެވެ.

24 Oct 2026 | 10:04
ވިއްސާރައިގެ އަދާހަމަ: އެންޑީއެމްއޭއިން ބުނީ މިހާރު ކުރިއަށްދަނީ ރަށްރަށުން ފެން ހިންދުމާއި އެސެސް ކުރުމުގެ މަސައްކަތް ކަމަށް

ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ފެންބޮޑުވި ކުޅުދުއްފުށްޓާއި ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ނައިފަރުން ފެން ހިންދައި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަމުން ދިޔުމާއެކު، ކުޅުދުއްފުށީގެ ހާލަތު ކޮންޓްރޯލްކުރެވިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެގޮތުން އެންޑީއެމްއޭއިން ބުނެފައިވަނީ ކުޅުދުއްފުށީގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، އެ ރަށުގައި އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވެފައެއް ނުވާކަމަށާއި ނަމަވެސް ދެ ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވެފައިވާކަމަށެވެ.

ނޮޅިވަރަމުގައި ވާރޭ ހުއްޓިފައިވީ ނަމަވެސް، ގިނަ ގެތަކެއްގެ ތެރޭގައި ފެން އަދިވެސް ހުރި ކަމަށާއި އެ ރަށުގައި ފެން ހިންދަމުން ގެންދަނީ ދެ ޕަންޕު ބޭނުންކޮށް، ކޯރުކަނޑައިގެން ކަމުގައި ބުނެފައިވެއެވެ.

ނޮޅިވަރަންފަރުގައި ވާރޭ ހުއްޓުމާއެކު ބޮޑު ސަރަހައްދަކުން ފެން ހިނދިފައިވެއެވެ. މިހާރު އެ ރަށުގައި ކުރިއަށްދަނީ ގެތައް ސާފުކޮށް، ފެނުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތެވެ.

ނައިފަރުގައި ވެސް ވާރޭ ހުއްޓުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން ފަސޭހައިން ހިނދެމުން ދެއެވެ. އެ ރަށުގައި ޕަންޕުތައް ބޭނުންކޮށްގެން ފެން ހިންދުމާއެކު ގެއްލުންތައް ބެލުމުގެ މަސައްކަތްވެސް ކުރަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް