ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށް ހާލު ދެރަވި މީހަކަށް ފަރުވާދީފި

23 Oct 2026 | 18:04
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ރ. ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުމަތީގައި ހާލުގައި ޖެހިފައި ޥަނިކޮށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިފި ޢެވެ.

އެ ލޯންޗު ހާލުގައި ޖެހުނީ އިންޖީނު ހުއްޓިގެންނެވެ. ފުލުހުން ބުނީ ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު 4:56 ހާއިރު އެވެ.

ފުލުހުން ބުނީ އެހީތެރިކަމަށް އެދުމުން ޑިންގީއެއްގައި ގޮސް އެ ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވެއްދި ކަމަށެވެ. އަދި އިންޖީނު މަރާމާތުކުރުމުގައި އެހީތެރިވެދީފައިވާނެ ކަމަށް މައުލޫމާތުދެ އެވެ.

ހާދިސާ ހިނގި އިރު ލޯންޗުގައި ތިން މީހުން ތިއްބެވެ. އޭގެ ތެރެއިން ބަންގްލަދޭޗް މީހަކަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ޙިނގާފައި ޥަނީ ޜ. އަތޮޅު ޙިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް