ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް މިއަދު ހެނދުނު ދިޔަވާން ފެށުމުން، އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ދަށުން ހިންގާ ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލޯންޗު ދިޔަވަމުންދާ ކަމުގެ ހަބަރު ލިބުނީ ފަތިހު 05:35 ހާއިރުގައެވެ.

އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި ލޯންޗު ދިޔަވުން ހުއްޓުވުމަށް ފަޔަރމަނުން ދެ ގަޑިއިރު ވަރަށް މަސައްކަތްކުރިއެވެ. ހެނދުނު 07:50 ހާއިރު ލޯންޗު ދިޔަވުން ކޮންޓްރޯލް ކުރެވުނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ލޯންޗު ދިޔަވާން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗުގައި ދިޔަ ބޮޑުވެ، ލޯންޗުގެ ސައިލެންސަރަށް ފެން ވަނުމުންނެވެ. ލޯންޗު ދިޔަވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް