މާލޭގައި ނޭޕާލު އަންހެނަކު ގެއްލިގެން ހޯދަނީ – ޕޫރްނިމާ ހޯދަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން

ނޭޕާލް އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ. ...

24 Oct 2025 | 15:22
އުމުރުން 19 އަހަރުގެ ޕޫރްނިމާ ގަޖްމަރ -

އުމުރުން 19 އަހަރުގެ ޕޫރްނިމާ ގަޖްމަރ -

ނޭޕާލް އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ

ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ

ޕޫރްނީމާ ގަޖްމަރ (19އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި

ޕޫރްނީމާ ގަޖްމަރ ހޯދަމުންދަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ

މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް

2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ އިރު އެއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް

ރިޕޯޓްކުރުމާ ގުޅިގެންނެވެ.

"އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު

ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް

ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވޭ"

ފުލުހުން ބުނެފައިވެއެވެ.

ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ

ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް

ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް

ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމަވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް