ހައްޔަރު ކުރި 4 ޒުވާނުން -
ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި ހިފައިގެން ދިޔަކަމުގެ
ތުހުމަތުގައި އެ ރަށުގެ ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އެ
ރަށު ކައުސަރުގޭ އުމުރުން 26 އަހަރުގެ ހަސަން ރައްޔާން ރާޝިދާއި އެރަށު ސޯސަންގޭ
އުމުރުން 22 އަހަރުގެ އިސްމާއިލް ހައިޒަމް ހަބީބާއި އެރަށު ޝަބްނަމްގޭ އުމުރުން 25
އަހަރުގެ އަލީ ޖަނާހް ޖައުފަރާއި ހަމަ އެރަށު ލީނާ މަންޒިލް، އުމުރުން 19 އަހަރުގެ
އިބްރާހިމް އަޒާން މުހައްމަދެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެމީހުން
ހައްޔަރުކޮށްފައިވަނީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް
ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި
ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނުނު މައްސަލައެއްގައެވެ.
"އެމީހުން ރަށަށް އައި ލޯންޗު ބަލައި
ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުނު" ފުލުހުން ބުނެފައިވެއެވެ.
އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ
އެއްޗެއްހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅާއި އެކެއްގެ ހަށިގަނޑު
ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ސެލޯފިންކޮޅު ފެނިފައިވާކަމަށާއި
އެތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެމީހުންގެ
ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހައިޒަމްގެ ބަންދަށް 12
ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް