ބަންގާޅު ކަނޑުގައި ހޯމަ ދުވަހު ތޫފާނެއް އުފެދޭނެކަމަށް ލަފާކޮށްފި – ނަމަކީ ތޫފާން "މޮންތާ"

ބަންގާޅު ކަނޑުގައި އިއްޔެ އުފެދުނު ކޮޅިގަނޑުގެ ބާރު ގަދަވެ އަންނަ ހޯމަ ދުވަހު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކޮށްފިއެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިއަދު ނެރުނު މޫސުމީ އަދާހަމައިގާ ބ...

24 Oct 2025 | 14:57
ތޫފާން މޮންތާ އުފެދޭނެކަމަށް ބެެލެވޭ ކޮޅިގަނޑު މިހާރު ހުރި ސަރަހައްދު (ވ) - މާލެއަށް ބޯކޮށް ވިއްސާރަކުރި ދުވަހެއްގެ މަންޒަރު - ފައިލް ފޮޓޯ: ދުވަސް

ތޫފާން މޮންތާ އުފެދޭނެކަމަށް ބެެލެވޭ ކޮޅިގަނޑު މިހާރު ހުރި ސަރަހައްދު (ވ) - މާލެއަށް ބޯކޮށް ވިއްސާރަކުރި ދުވަހެއްގެ މަންޒަރު - ފައިލް ފޮޓޯ: ދުވަސް

ބަންގާޅު ކަނޑުގައި އިއްޔެ އުފެދުނު ކޮޅިގަނޑުގެ

ބާރު ގަދަވެ އަންނަ ހޯމަ ދުވަހު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކޮށްފިއެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިއަދު

ނެރުނު މޫސުމީ އަދާހަމައިގާ ބުނެފައިވަނީ އަންޑަމަން ކަނޑާއި ބަންގާޅު ކަނޑު ގުޅޭ

ސަރަހައްދުން އުފެދުނު އެ ކޮޅިގަނޑުގެ ބާރުގަދަވެ މިއަދު "ލޯ ޕްރެޝަރ"

އަކަށް ބަދަލުވެއްޖެ ކަމަށެވެ.

އިންޑިއާއާއި ވީ ދިމާއަށް އެ ކޮޅިގަނޑު ދަތުރުކޮށް

މިރޭ ނޫނީ މާދަމާ ހެނދުނުގެ ވަގުތެއްގައި "ޑިޕްރެޝަނަކަށް" އަނެއް

ދުވަހު "ޑީޕް ޑިޕްރެޝަނަކަށް" އަދި ހޯމަ ދުވަހު އެ ކޮޅިގަނޑު ތޫފާނަކަށް

ބަދަލުވާނެކަމަށް އިންޑިއާ މެޓުން ލަފާކުރެއެވެ.

ތޫފާން އުފެދިއްޖެނަމަ ތޫފާނަށް ދޭނެ ނަމަކީ ތޫފާން

"މޮންތާ" އެވެ. މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ނަން

ދިނުމުގެ ލިސްޓަށް ތައިލޭންޑުން ދީފައިވާ ނަމެކެވެ. އިންޑިއާގެ ބައެއް ނޫސްތަކުން

ބުނާގޮތުގައި "މޮންތާ" ގެ މާނަ އަކީ "ރީތި މާ" އެވެ.

ތޫފާން މޮންތާ އުފެދިއްޖެނަމަ ދަތުރުކުރާނެ ކަމަށް ލަފާކޮށްފައިވާ މަގު (ކ) - އަރަބި ކަނޑުގައި ހުރި ޑިޕްރެޝަން ދަތުރުކުރާ މަގު (ވ) 

މިއީ މި ސަރަހައްދުގެ ތޫފާނީ މޫސުމުގައި އުފެދޭ

ދެވަނަ ތޫފާނެވެ. މި މަހުގެ ކުރީކޮޅު ތޫފާން "ޝަކްތީ" އުފެދިފައިވާއިރު އެ

ތޫފާން އުފެދުނު އިރު ހުރީ އަރަބި ކަނޑުން އޮމާނާ ކައިރީގައެވެ. އެހެންކަމުން އެ

ތޫފާނުގެ އަސަރު އިންޑިއާ ރާއްޖެ ލަންކާ ސަރަހައްދަށް ކޮށްފައެއް ނުވެއެވެ.

ނަމަވެސް އުފެދޭނެކަމަށް ލަފާ އެ ކުރާ ތޫފާން

"މޮންތާ" ގެ މިސްރާބު ހުރީ ލަންކާގެ ބޭރުން އިންޑިއާ އާއި ދިމާއަށެވެ.

ބަންގާޅު ކަނޑާއި އަރަބި ކަނޑުގައި އުފެދޭ ކޮޅިގަނޑުތަކާއި

ތޫފާންތަކުގެ އަސަރު ނުސީދާ ގޮތެއްގައި ރާއްޖެއަށްވެސް ކުރަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް