ފީފާގެ ރައީސް ދެއްވީ ރާއްޖެއަށް ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަޤީންކަން

ފީފާއިން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަޤީންކަން ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ދެއްވައިފިއެވެ. އިންފަންޓީނޯ މި ޔަޤީންކަން ދެއްވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގ...

24 Oct 2025 | 14:29
ފީފާގެ ރައީސް ރާއްޖޭގެ ރައީސާއެކު - ފޮޓޯ: ރައީސް އޮފީސް

ފީފާގެ ރައީސް ރާއްޖޭގެ ރައީސާއެކު - ފޮޓޯ: ރައީސް އޮފީސް

ފީފާއިން ރާއްޖެއަށް ދެމުންދާ އެއްބާރުލުން

އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަޤީންކަން ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ

ދެއްވައިފިއެވެ.

އިންފަންޓީނޯ މި ޔަޤީންކަން ދެއްވީ މިހާރު

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރާއްޖޭގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވައި ދެއްކެވި

ވާހަކަފުޅުގައެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ

ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި

ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ، އެކަމަށް

ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ،

އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް

ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަޤްބޫލު ކުޅިވަރުކަން ފާހަގަކުރައްވާފައެވެ.

އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ

މުހިންމު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖްމްހޫރިއްޔާ ވަނީ ސަރުކާރުން، ރާއްޖޭގެ އެކި

ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް

ކުރައްވަމުންގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މަޢުލޫމާތު

ހިއްސާކުރައްވާފައެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް

އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ

އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން

އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ ) ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިވޭތުވެދިޔަ

އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވާ

ކަމުގައި ވިދާޅުވިއެވެ. ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ

ކަމަށާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ މިހާރުގެ އިސްވެރިންގެ

މަސައްކަތަށް ތައުރީފުކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ

ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީ ކުރުމުގެ

މުހިންމުކަން ފާހަގަކުރައްވައި، މުޅިދުނިޔެއަށް، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އެއްވަރަށް

ފުޓްބޯޅައިގައި ހޯދާކާމިޔާބީ ވެސް ވިދާލާނެ ކަމުގައި ފީފާގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ

އާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީ ކުރެއްވުމަށް އެއްބާރުލުންދެއްވުމާއި

އެފް.އޭ.އެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުންވެސް މަސައްކަތް

ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް