އދގެ އާ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ޢާއްމު މަޖިލީހުގެ ރައީސުން ގޮވާލައްވައިފި

އދގެ ތާރީޚުގައި މިހާތަނަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަން އަންހެން ބޭފުޅަކު ކުރައްވާފައިނުވާކަން ފާހަގަކޮށް، އެމަޤާމަށް އަންހެނަކު އިންތިޚާބުކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާ...

24 Oct 2025 | 13:35
އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް އަބްދުﷲ ޝާހިދު -

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް އަބްދުﷲ ޝާހިދު -

އދގެ ތާރީޚުގައި މިހާތަނަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަން އަންހެން ބޭފުޅަކު ކުރައްވާފައިނުވާކަން ފާހަގަކޮށް، އެމަޤާމަށް އަންހެނަކު އިންތިޚާބުކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ކައުންސިލުން ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވާ މިކައުންސިލުން، މިއަހަރުގެ އދ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުނު ބަޔާނުގައި ވަނީ ކުރިއަށް އޮތް ސެކްރެޓަރީ ޖެނެރަލްގެ އިންތިޚާބަކީ އދގެ ލީޑަރޝިޕް ހަރުދަނާކުރުމަށް މުހިންމު ފުރުޞަތެއްކަމަށެވެ. އެގޮތުން އދގެ މެމްބަރު ހުރިހާ ޤައުމުތައް ހިމެނޭގޮތަށް ހާމަކަން ބޮޑު، ޑިމޮކްރެޓިކް އަދި ހުރިހާ ފަރާތްތައް ޝާމިލްވާ އިންތިޚާބީ ޕްރޮސެސްއެއް ގެންގުޅުމަށްވެސް އެ ކައުންސިލުން ގޮވާލެއްވިއެވެ.

އދގެ ޢާއްމު މަޖިލީހުގެ ރައީސްކަން ބައެއް އަންހެން ބޭފުޅުން ކުރައްވާފައިވީނަމަވެސް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު ވަޑައިގެންފައިނުވާތީ، އެކަމަކީ ބަދަލުކުރަން ޖެހޭކަމެއްކަމަށް އދގެ އާއްމު މަޖިލީހުގައި ރިޔާސަތުގައި ޝާހިދު ހުންނެވި ދުވަސްވަރު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްކަމަށް ދެކުނު އެމެރިކާ ބައްރުން ދެން އަންނަ ދައުރެއްގައި ބޭފުޅަކު ވަޑައިގަންނަވާއިރު، އެބޭފުޅަކީ އަންހެން ބޭފުޅަކަށް ހެދުމަށް ޝާހިދު ގެންދަވަނީ ވަކާލާތުކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް